30 Oct 2018, 08:47
އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކޮށްދެއްވި ސަރުދާރު ވައްލާބާއި ޕަޓޭލްގެ ސިފައަށް ހެދި 600 ފޫޓުގެ ސްޓެޗޫ ބެހެއްޓުމަށް ނިންމުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަހުސިއްޔަތު ވަރަށް ރަނގަޅަށް ހާމަވެގެންދާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
ސްޓެޗޫ އޮފް ޔުނިޓީގެ ނަމުން ނަން ދީފައިވާ އެ ސްޓެޗޫއަކީ ދުނިޔޭގައި މިހާރު ހުރި އެންމެ އުސް ސްޓެޗޫ ކަމުގައިވާ ޗައިނާގެ ސްޕްރންގް ޓެމްޕަލް ސްޓެޗޫއަށް ވުރެވެސް ދިގު ސްޓެޗޫއެކެވެ. އެމެރިކާގައި ހުންނަ ސްޓެޗޫ އޮފް ލިބަޓީއަށް ވުރެ ހަތަރު ގުނަ އެ ސްޓެޗޫ ދިގެވެ. ރަނުން ގިރިޓީ ކޮށްފައިވާ އެ ސްޓެޗޫއަށް 408 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.
އެ ސްޓްޗޫ ބަހައްޓައި އެންމެ ފަހުގެ މަސައްކަތްތައް ނިންމުމަށް މިހާރުވެސް 4000 މީހުންދަނީ ރެޔާ ދުވާލު މަަސައްކަތް ކުރަމުންނެވެެ.
ސަރުދާރަކީ، މޯދީ ފަދަ ވަތަނީ ހިންދޫންގެެ މެދުގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. އަދި އެ ސްޓެޗޫ ބަހައްޓާފައިވަނީވެސް މޯދީގެ އުފަން ސްޓޭޓް ގުޖުރާާތުގައެވެ. ހުދު ސަރުދާރަކީވެސް އެ ޕްރޮވިންސަށް ނިސްބަތްވާ ބޭފުޅެކެެވެ.
ސަރުދާރުގެ ބައޮގްރްފީ ލިއުއްވި ހިންދޯލް ސެންގުޕްތާ ވިދާޅުވީ އެ ސްޓޭޗޫއަކީ އިންޑިއާ އާ އުސްމިންތަކަށް ގެންދިއުމަށް ބެހެއްޓި ސްޓެޗޫއެއް ކަމަށެވެ.
މޯދީ ވިދާޅުވީ ސަރުދާރަކީ އިންޑިއާގެ މިނިވަންކަމަށް ވަރަށް މުހިންމު ރޯލެއް އަދާކުރެއްވި ބޭފުޅެއް ކަމަށާއި އަދި އޭނާ ދުނިޔޭގައި ހުންނެވި ނަމަ ޕާކިސްތާނުގެ އަތް ދަށަށް ކަޝްމީރު ނުދިޔައީސް ކަމަށެވެ. ކަޝްމީރުގެ އެއްފަޅި މިހާރު ކޮންޓްރޯލް ކުރަމުންދަނީ ޕާކިސްތާނުންނެވެ. އަދި އަނެއް ފަޅި އިންޑިއާއިންނެެވެ. އަދި އެއް ބައި ޗައިނާއިން ވެސް ކޮންޓްރޯލް ކުރެއެވެ.
މޯދީ ވަނީ އިންޑިއާގެ އެހެން ސްޓޭޓެއް ކަމަށްވާ މުމްބާއީގައިވެސް އެ ސްޓޭޓްގައި ކުރިން ރަސްކަންކުރެއްވި ބޭފުޅެއްގެ ބޮޑު ސްޓޭޗޫއެއްގެ މަޝްރޫއުވެސް ފައްޓަވާފައިވެއެވެ.
ބައެއް ފަރާތްތަކުން މި ކަމަށް މަރުހަބާ ކީ ނަމަވެސް މިފަދަ ބޮޑެތި ހަރަދުކޮށް ގެން ބުދު ބެހެއްޓުމަށް ވުރެ، ފަގީރު ހާލުގައި ތިބި ރައްޔިތުންގެ ކަންކަން ކޮށް ދިނުން މާ މުހިންމު ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ދަނީ މޯދީގެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.