ސިނަމާލެ ބްރިޖާއި ހުޅުމާލެ އާ ދެމެދު އޮންނަ ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެގެން މިރޭ 11 ޖަހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ދެ ސައިކަލު ޖެހި އެކްސިޑެންޓުވީއިރު ދެ ސައިކަލުގައިވެސް ތިބި މީހުންނަށްވެސް އަނިޔާވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

"ހަތަރު މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވަނީ،"

އެކަމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އަނިޔާވެފައިވަނީ 50 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެ އަންހެނަކަށާއި 17 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. މި ހަތަރުމީހުންގެ ވެސް ބޮލަށް އަނިޔާވެފައިވާކަމަށާއި ހަތަރުމީހުންވެސް ތިބީ އޮބްޒަވޭޝަނުގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ބްރިޖު މަތީގައްޔާއި ހައިވޭގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމާއި އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓުތައް ދަނީ ހިނގަމުންނެވެ.