29 Oct 2018, 20:12
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ރިވިއުކޮށްދިނުމަށް ހުށަހަޅާފައިވާ ސަބަބުތަކަށް ރިއާޔަތްކޮށް އެ މައްސަލާގައި އިޖުރާއީ އަޑުއެހުމެއް ބާއްވަން ނިންމައިފިއެވެ.
ސުޕްރީމު ކޯޓުން ބުނީ ހައިކޯޓުން ކާނަލް ނާޒިމްގެ މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް ދިނުމަށް އެދި ކާނަލް ނާޒިމްގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ހުށަހެޅި މައްސަލައިގައި މުރާޖަޢާކޮށްދިނުން އެދި ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، އެ މައްސަލައިގައި އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
ނާޒިމްގެ ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށްސާބިތުވެ 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައިވައިރު ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ.