25 Sep 2011, 10:52
ހއ. ދިއްދޫގެ ދެކުނުން އެރަށާ ކައިރީގައިވާ ތިލައަކަށް ދޯންޏެއް އުރިއްޖެ އެވެ. ދޯނި އުރުނު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
ލަނޑާ މަސްވެރިކަމާއި އިހީގެ މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް އުރުނީ އެ އަތޮޅު ވަށަފަރު "މޯކާ 312″ އެވެ.
އަށް މީހުނާއެކު ދަތުރުކުރި ދޯނި ފަރަށް އެރުމުން އެ ދޯނި ފުންކުރުމުގެ މަސައްކަތް ކޯސްޓްގާޑުގެ ސިފައިންނާއި ދިއްދޫ އާއި ވަށަފަރުގެ މީހުން ގުޅިގެން ދަނީ ކުރަމުންނެވެ.
ހއ. އަތޮޅު ކައުންސިލުން ބުނީ ރޭ ފަތިހު ގާތްގަނޑަކަށް 4:00 ޖަހާ އެހާކަންހާއިރު "ބާރަށްލާ" ފަރަށް ދޯނި އުރުނު ވަގުތުން ފެށިގެން ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދޯނި އަދި ފުން ކުރެވޭ ގޮތް ނުވާ ކަމަށެވެ. ދޯންޏަށް ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.