ޗައިނާގެ ކިންޑަގާޓެން ސްކޫލެއް ކައިރިން 14 ކުއްޖަކަށް ވަޅިން ހަމަލާދީފިއެވެ.

ޗައިނާގެ މެދުތެރޭގެ ސަރަހައްދެއްގައި ހުކުރު ދުވަހު ހިނގި މި ހާދިސާ ހިނގާފައިވަނީ ސްކޫލު ދަރިވަރުންތައް ހެނދުނުގެ ކަސްރަތު ކުރުމަށްފަހު އެތެރެއަށް ވަނުމާ ދޭތެރޭގައެވެ.

ޗައިނާގެ ސޯޝަލް މީޑިއާތަކުގައި އާންމުވެފައިވާ ވިޑިއޯ އަކުން ފެންނަގޮތުގައި ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުންތަކަކަށް ވަޅިން ހަމަލާދީ ވަނީ ލޭ އޮހޮރުވާލައިފައެވެ. ކުދިންނަށް ހަމަލާދިން 39 އަހަރުގެ މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

އެ ސްކޫލު ކުދިންނަށް ހާއްސަ ޕްލޭ ގްރައުންޑެއް ނެތްކަމަށާއި އެކުދިން ކުޅެން ބޭނުންކުރަނީ ޕަބްލިކް ޕާކު ކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން ބުނެއެވެ.

ވަޅިން ހަމަލާދީ ޒަހަމްވުމުން ކުދިންތައް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިއަހަރުގެ ކުރީކޮޅު ޗައިނާގެ މިޑްލް ސްކޫލެއްގައި ކުދިންތަކަކަށް ހަމަލާދިން މީހަކު މެރުމަށް ވަނީ ހުކުމްކޮށްފައެވެ