29 Oct 2018, 18:56
މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުގެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ޖަލު ހުކުމް ރިވިއުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމު ކޯޓުން ބަލައިގެންފިއެވެ.
އެ ސުޕްރީމް ކޯޓުގެ ވެބްްސައިޓުގައި ބުނެފައިވަނީ މ. ނިޔަދުރު، އަޙްމަދު ނާޒިމްގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ހުށަހެޅި މައްސަލައިގައި މުރާޖަޢާކޮށްދިނުން އެދި ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަދިނުމަށް ނިންމާފައިވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ދަށު ކޯތުން އަދި ހައިކޯޓުންވެސް ސާބިތެއް ނުވެއެވެ. އެނާ 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރު ސުޕްރީމު ކޯޓުންނެވެ.
ނާޒިމް މިހާރު އުޅުއްވަނީ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެގައުމުގަ އެވެ. އޭނާ އެގައުމަށް ވަޑައިގަތީ ބޭސް ފަރުވާއަށް ކަމަށް ބުނެ އެވެ.