29 Oct 2018, 18:02
ސްރީލަންކާގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއެކު އިއްޔެ ހިނގައިދިޔަ ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން އެގައުމުގެ ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ހައްޔަރު ކޮށްފިއެވެ.
އިއްޔެގެ މިހާދިސާގައި އެކަކު މަރުވެފައިވާއިރު ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު އަދި ކުރީގެ ކްރިކެޓް ލެޖެންޑު އަރްޖުނާ ރަނަޓުންގާ ހައްޔަރުކޮށްފައިވާއިރު އިއްޔެގެ ބަޑިޖެހުމުގެ ހާދިސާގެ ފަހަތުގައި ވަނީ އަރްޖުނާގެ ބޮޑީގަޑެވެ.
އޭނާ ވަނީ މިހާރު ޕްރައިމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންނާ ދިމާއަށް ބަޑިޖަހައިފައެވެ.
މިހާދިސާގައި އެކަކު މަރުވެ އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނުއިރު ޖުމްލަ ތިން މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އިއްޔެގެ ހާދިސާގައި މަރުވެފައިވަނީ ޕެޓްރޯލު ޝެޑެއްގައި މަސައްކަތް ކުރާ މީހެކެވެ.
އިއްޔެގެ ހާދިސާ އާއެކު ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ އެސްއެލްއެފްޕީގެ ޕެޓްރޯލިއަމް ޔޫނިއަން އަށް ނިސްބަތްވާ ފަރާތްތްތަކުން ވަނީ ހަޅުތާލު ފަށަން ނިންމައިފއެވެ