29 Oct 2018, 17:00
އެޕަލް އިން އަލަށް ނެރޭ އައިޕެޑުގައި ހޯމް ބަޓަން އެއް ނުހިމެނޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެޕަލްގެ އާ އުފެއްދުންތައް މާދަމާ ދައްކާލާއިރު ލީކުވެފައިވާ ފޮޓޯތަކުން އެނގޭގޮތުގައި އާ އައިޕެޑުގައު ހޯމް ބަޓަންއެއް ނުހިމެނުމުގެ އިތުރުން އާ އައިޕެޑުވާނީ ތުނި ގެންގުޅެން ފަސޭހަ އުފެއްދުމަކަށެވެ. މީގެ އިތުރުން ނޮޗް ކުޑަކޮށް ސްކްރީނުގެ ސައިޒު ބޮޑުކޮށްފައިވާކަމަށާއި އާ އައިޕެޑުގައި ހިމަނާފައިވާނީ ޔޫއެސްބީ ސީ ޕޯޓެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
އާ އައިޕެޑަކީ ފޭޝަލް ރިކޮގްނިޝަން ފީޗާ ސަޕޯޓުކުރާނެ ޑިވައިސްއެކެވެ.
މި ޑިވައިސްގައި އަޕްގްރޭޑޭޑް އެޕަލް ޕެންއެއް ހިމަނާފައިވާނެ ކަމަށާޢި އައިފޯނުތަކެކޭ އެއްގޮތަށް ހެޑްފޯނު ޖެކެއް ނުހިމެނޭނެކަމަށް ވެއެވެ.
އެޕަލްގެ އިވެންޓުގައި އައިޕެޑުގެ އިތުރުން އާމ ެކްބުކްވެސް ނެރޭނެއެވެ.