ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ދަންވަރު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީ އަށް މި ކުރައްވާ ދަތުރުފުޅަކީ ސާކް ސަމިޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި ސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި، އައްޑޫސިޓީގެ ތަރައްޤީއަށް ހިނގަމުންދާ އެހެން މަސައްކަތްތައް ވެސް އެމަނިކުފާނު ބައްލަވައިލައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.