29 Oct 2018, 14:21
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ލެޕްޓޮޕްތައް ގެއްލުނުނަމަވެސް އިމްތިހާނުތަކަށް އަސަރެއް ނުކުރާނެކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
އިސްލާމިކް ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޔުނިވާސިޓީގެ އެކަޑެމިކް މުވައްޒިފުން ބޭނުންކުރާ ލެޕްޓޮޕްތައް ގެއްލިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންގެ އިދާރާއަށް ހުށަހަޅައި އެ ކަން މިހާރު ތަހުގީގް ކުރަމުންގެންދާ ކަމަށެވެ.
އަދި އޭގެ ސަބަބުން އެ ޔުނިވާސިޓީން މިހާރު ކުރިއަށް ގެންދާ އިމްތިހާނުގެ ސައްހަކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
" ދަރިވަރުންގެ އިމްތިހާންތައް ދޭނީ ޝައްކެއް ނެތް މިންވަރަށް އިމްތިހާންގެ ކަންކަން ކަށަވަރުކުރުމަށް ފަހު . ދަރިވަރުންގެ އިމްތިހާން ކުރުމާއި ފެންވަރު ވަޒަންކުރުމުގެ ގަވައިދުގައިވާ ގޮތަށް ކަމުގައި ޔަގީންކޮށްދެމެވެ." އިސްލާމިކް ޔުނިވާސިޓީގެ ބަޔާނުގައި ވެއެވެ.
މި ދަނޑިވަޅު ބައެއް މީޑިއާތަކުން ހަގީގަތް އޮޅޭގޮތަށް މައުލާމާތު ފަތުރަމުންގެންދާ ކަމަށް ބުނެ އިސްލާމިކް ޔުނިވާސިޓީން ވަނީ އެކަން ވަރަށް ބޮޑު ކުށްވެރިކޮށް އެކަން ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.