ސާކް ސަމިޓްގެ ތައްޔާރީތައް އައްޑު އަތޮޅުގައި ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

ރައީސް ނަޝީދުގެ ދަތުރުފުޅުގައި ސާކް ސަމިޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، ސަމިޓުގެ އެންމެހާ ތައްޔާރީތައް އެ އަތޮޅުގައި ވަމުންދާ ގޮތް ބައްލަވައިލެއްވުމުގެ އިތުރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ހިނގަމުންދާ އެހެން މަސައްކަތްތައް ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.