25 Sep 2011, 08:38
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޖީއެސްޓީ ގަވާއިދުގެ ދެލިކޮޕީ އެކުލަވާލައި އާންމުންގެ ހިޔާލާއި ކޮމެންޓަށް ހުޅުވައިލައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ގަވާއިދުގެ ދެލިކޮޕީ މީރާ އިން ލިބޭނެ ކަމަށާއި ގަވައިދަށް އާންމުންގެ ހިޔާލާއި ކޮމެންޓް ހުށަހެޅުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ޖީއެސްޓީ ގަވައިދު، މީރާގެ ވެބްސައިޓް www.mira.gov.mv ގައި ހިމަނާފައިވާއިރު މީރާގެ ޑޭޓާބޭސްގައި ހިމެނޭ ވިޔަފާރިތަކަށް ގަވައިދު ފޮނުވުމުގެ މަސައްކަތް ވެސް މީރާއިން ވަނީ ފަށާފަ އެވެ. މީރާއިން ބުނީ ޖަމްއިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކާއިއެކުވެސް އެ ޤަވާއިދު ހިއްސާކުރާނެ ކަމަށެވެ.