29 Oct 2018, 09:12
ޖަކާޓާ(އޮކްޓޯބަރު 29): އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ސުމަތުރާއަށް ދިޔުމަށް ނައްޓާލި ލަަޔަން އެއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި ބޯއިން 737 މަރުކާގެ އެބޯޓު ވެއްޓުނީ 189 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި ތިން ކުޑަ ކުދިންނާއި އަށް ކުރޫ މެމްބަރުން ހިމެނެ އެވެ.
ނަމަވެސް ބޯޓުގައި ތިބި މީހުންނަށް ވީގޮތެއް އަދި ޔަގީން ނުވާ ކަމަށް އެގައުމުގެ ސާޗް އެންޑް ރެސްކިއު އޭޖެންސީން ބުންޏެވެ.
އެއާ ޓްރެކިން ސާވިސް، ފްލައިޓްޓްރޭޑާ 24ގައިވާ ގޮތުން އެބޯޓާ ގުޅުން ކެނޑުނީ، ބޯޓު ނައްޓާލިތާ 13 މިނިޓު ފަހުންނެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ އޭޖެންސީގެ ވެރިޔާ ސުޓޯޕޯ ޕުރުވޯ ނުގުރޮހޯ ވަނީ ބޯޓުގެ ބައިތަކާއި، އޭގައި ތިބި މީހުންނަށް ނިސްބަތްވާ ތަކެތި ފެނިފައިވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ. އަދި އޭނާ ވަނީ ޖަކާޓާގެ އިރަށް އޮންނަ ކަރަވަންގު ކައިރިންވެސް، ބޯޓުގައި ތިބި މީހުންނަށް ނިސްބަތްވާ ތަކެތި ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ.
Beberapa serpihan pesawat Lion Air JT 610 yang jatuh di perairan Karawang. Pesawat membawa 178 penumpang dewasa, 1 penumpang anak-anak dan 2 bayi dengan 2 Pilot dan 5 FA. Basarnas dan Kementerian Perhubungan terus melakukan penanganan. Beberapa kapal tug boad berada di lokasi.pic.twitter.com/Gb6P4zjCQF
— Sutopo Purwo Nugroho (@Sutopo_PN)October 29, 2018
ބަޖެޓު އެއާލައިނެއް ކަމަށްވާ ލަޔަން އެއާގެ ސީއީއޯ އެޑްވާޑް ސިރައިތު ވަނީ ބޯޓަށް ވީ ގޮތާ ބެހޭ ގޮތުން އަދި ވަކި އެއްޗެކޭ ބުނެވެން ނެތް ކަމަށާއި، އެހާދިސާއާ ބެހޭ މައުލޫމާތު ހޯދަމުންދާ ކަމަށް ވިދާޅުވެފައެވެ.