28 Oct 2018, 21:52
އިންސާފުގެ މަގަށް ދަތުރު ފަށައިފިކަން މިހާރު މިވަނީ ޔަގީން ވެފައިކަމަށް އިންތިހާބީ ނާއިބު ރައީސް އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ނުހައްގުގެ ގޮތުގައި ދައުވާ އުފުލިގެން ދިޔަދުވަހުވެސް ސިޔާސީ ލީޑަރުންނާ އަދި އެތަކެއް ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކުރަމުންގެންދިޔަ ކަމަށެވެ.
"އާދެ މިއަދަކީ އަންނާނެ ދުވަހެއްކަމުގެ ވާހަކަ އެދުވަހުވެސް އެބޭފުޅުން ތަކުރާރުކޮށް ދައްކަމުންދިޔަ.އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދޭން އޮތް އުފާވެރި ހަބަރަކީ އަޅުގަނޑުމެންނަށް މި މަޖިލިސް ތެރެއިން އަދި މުއައްސަސާތަކުންވެސް ފެނިގެން މިދަނީ ހަގީގަތުގައި މިދިވެހިރާއްޖޭގެ ރައްޔިތުން ކެތްތެރިކަމާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާ. އިންސާފުގެ މަގަށް ދަތުރު ފަށައިފިކަން ހާރު އަޅުގަނޑުމެންނަށް މިވަނީ ޔަގީން ވެފައި،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައ ނުހައްގުގޮތުގައި އަނިޔާލިބެމުންދާ އެންމެހާ ފަރާތްތަކަށް އެއްވެސް ފަރާތަކަށް އިސްތިސްނާސްވުމެއް ނެތ ު ލިބެން ޖެހޭނެ ކަމަށެވެ. އަދި އިންސާފަކީ ވަކި މީހަކަށް ލިބެން ޖެހޭނެ އެއްޗެއް ނޫން ކަަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
"އަޅުގަނޑު އެއާއިލާތަކަށް [ޖަލުގައި ތިބި މީހުންގެ] އަނެއްކާވެސް އުފާވެރި ހަބަރެއްގެ ގޮތުގައި ދަންނަވާލަން އޮތީ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރި، އަޅުގަނޑުމެން މި އެންމެހާ ރައްޔިތުން ކެތްތެރިކަމާއެކު ގުޅިގެން މިކުރި ގައުމީ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނެއޭ." ފައިސަލް ވިދާޅުވިއެވެ.