28 Oct 2018, 17:31
ރައިޑާ ބްރޭންޑްގެ ސިނގިރެޓް ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސާސް އިން ބުނެފިއެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައިޑާ ބްރޭންޑްގެ ސިނގިރެޓް ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިހާރު ބަލަމުންގެންދާ ކަމަށެވެ.
"މި ބްރޭންޑްގެ ސިނގިރެޓް ކަސްޓަމަސް ކޮންޓްރޯލްގެ ދަށަށް އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ސާވިސާއިން މިދަނީ ކުރަމުންނެވެ. މިހެންކަމުން މި ބްރޭންޑްގެ ސިނގިރޭޓްގެ ވިޔަފާރީގެ މުއާމަލާތްތައް އެއްވެސް ފަރާތަކުން ކުރާނަމަ އެކަން ލަސްނުކުރައްވާ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް އަންގަވައިދެއްވުން އެދެމެވެ." ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ވެއެވެ.
އެ އެންގުމާ ހިލާފަށް އެ ބްރޭންޑްގެ ސިނގިރެޓްގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ