28 Oct 2018, 13:32
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
މިއަދު މެންދުރު ކުރި 11:00 ޖަހާއެހާކަންހާއިރު ވާރޭ ވެހެން ފަށާފައިވާ އިރު ގަޑިއެއްހާ އިރު ތެރޭ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފަ އެވެ.
ތާރު އަޅައިގެން ތަރައްގީކޮށްފައިވާ ރިންގް ރޯޑުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަވާނެ ކަމަށެވެ. މެދުތެރެއާ ދެކުނަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައި ވަނީ އުތުރު އަތޮޅުތަކަށް، އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލު ދެމެދުގެ ބާރުމިނުގަ އެވެ. މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގަ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެ އެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
ބޯކޮށް ވާރޭވެހޭނެތީ ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.