28 Oct 2018, 11:31
މިިހާރު ސްޓާ ޕަލަސްއިން ދައްކަމުން އަންނަ އެކްތާ ކަޕޫރުގެ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ 2"ގައި ކުޅެން ނިންމާފައިވާ ކޮމަލިކާ ރޯލުގެ އިތުރުން އެކްތާގެ ކުރިޔަށް އޮތް އެހެން ޕްރެޖެކްޓަކުން ވެސް ހީނާއަށް ފުރުސަތު ލިބިފައިވާ ކަމަށް ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހީނާ ބުނީ، އެކްތާ "ކަސޯޓީ2" ހުށަހެޅި އިރު އެހެން ޑްރާމްއެއް ވެސް ހުށަހެޅި ކަމަށާއި އެ ޕްރޮޖަކްޓަށް ވެސް ނޫކެނޭ ބުނަން ބޭނުން ނުވި ކަމަށެވެ.
ހީނާ އެ ޑްރާމާގައި އެކްޓު ކުރަން އެއްބަސްވެފައި ވިޔަސް އެ ޑްރާމާގެ މާ ގިނަ ތަފްސީލް ތަކެއް ހާމަކޮށްފައެއް އަދި ނުވެއެވެ. ހީނާ ބުނެފައިވަނީ އަދި އެ ޑްރާމާއަށް ވަގުތު އެބަ އޮތް ކަމަށެވެ.
އެކްތާގެ ކުރިޔަށް އޮތް ޑްރާާގެ ވާހަކަ އަދި އެކްތާ ވެސް ނުދައްކައެވެ. ކިޔާ ނަން ހާމަކޮށްފައި ނުވާއިރު ޝޫޓިން ފަށާނެ ތާރީހެއް ވެސް އަދި ނޭނގެއެވެ.
ހީނާ މިހާރު އަންނަނީ "ކަސޯޓީ 2"ގެ ޝޫޓިންގައި މަސައްކަތް ކުރަމުންނެވެ. އޭނާ އެ ޑްރާމާގައި ކޮމަލިކާ (ވިލަން)ގެ ރޯލު ކުޅެން ނިންމާފައިވާއިރު ހީނާއަށް އެ ރޯލު ފުރިހަމަޔަށް ދެއްކޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.