އައިފޯނު އެކްސްއާރާއެކީ އެޕަލްއިން އެމީހުންގެ އަމިއްލަ ބެކް ކަވަރު ނުވަތަ ބެކް ކޭސް ނުވިއްކުމަކީ އަދި އަލަށް ދިމާވިކަމެކެވެ.

އެޕަލް އިން އެމީހުންގެ ކޮންމެ ފޯނަކަށް ހާއްސަކޮށްގެން ބެކް ކަވަރު ވިއްކައެވެ. އައިފޯނު އެކްސްއާރާ އެކީ ބެކް ކަވަރު ފަދަ މުހިއްމު އެކްސަސަރީއެއް ނުވިއްކުމަކީ ތަންކޮޅެއް "އޮޑް" ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެޕަލްއިން އެމީހުންގެ ފޯނުތަކަށް ހާޢްސަކޮށްގެން އާންމުކޮށް އުފައްދާ ސިލިކޯން ފޯނު ކޭސް އެކްސްއާރަށް ހާއްސަކޮށް އުފައްދާފައި ނުވަނީ ކީއްވެކަމެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، އެހެން ބްރޭންޑުތަކުން ދަނީ އެކްސްއާރަށް ފިޓުވާނެ ފޯނު ކޭސް ވިއްކަމުންނެވެ.

އައިފޯނު އެކްސްއާރުގައި ހިމަނާފައިވަނީ މިހާރު އިންޑަސްޓްރީގައި ހުރި އެންމެ ރަނަގަޅު އެލްސީޑީއެވެ. ފޯނުގެ ސްކްރީން ސްޓްރެޗް ބެކްލައިޓެއް ހިމަނާފައިވެއެވެ. މިމަހުގެ 19 ވަނަ ދުވަހު ޕްރީ އޯޑަރު ނަގަން ފެށި އައިފޯނު އެކްސް އާރުގެ އަގު އުޅެނީ 749 ޑޮލަރުގައެވެ.