"ރާމް ލީލާ" ފަދަ މޮޅު ފިލްމުތަަކަށް ސްކްރީންޕްލޭ ލިޔެދީފައިވާ ސިދާތު އާއި ގަރީމާ ލިޔެ، ޑައިރެކްޓް ކުރަން ނިންމާފައިވާ ފިލްމު "ޖޭސްމިން" ގެ ލީޑު ރޯލަށް އައިޝްވާރިއާ ރާއީ ހަމަޖެއްސުމުން އޭނާ އެ ފިލްމުގެ ސްކްރީންޕްލޭ ކަމު ނުގޮސްގެން އެ ފިލްމު ނުކުޅޭން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ސްކްރީންޕްލޭ އައިޝްވާރިޔާ ކިޔުމަށްފަހު ހަމަނުޖެހޭ ކަންތަތައްތަކެއް ހުރުމުން ޑައިރެކްޓަރުންގެ ކިބައިން އިސްލާހުކުރުމަށް އެދެނު ކަމަށް ވެސް ވެއެވެ. އަދި ފިލްމުގެ ކޮންސެޕްޓް އައިޝްވާރިޔާ އަށް ކަމުދިޔަ ނަމަ ވެސް ސްކްރީންޕްލޭގައި މައްސަލަ ތަކެއް ހުރުމުން އެ ފިލްމުގައި އޭނާ އެކްޓްކުރަން ބޭނުން ނުވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

"ޖޭސްމިން" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ "ރަހިމު ވިއްކައިގެން" ވިޔަފާރި އެއްގެ ގޮތުގައި ދަރިން ވިހާ އަންހެނެއްގެ ތަޖުރިބާތައް ކިޔައިދޭ ވާހަކައެއްގެ މައްޗަށެވެ. އެއީ އިންޑިއާގައި ވެސް ފަހަކަށް އައިސް އާންމުވެފައިވާ މައްސަލަ އެކެވެ.

އައިޝްވާރިޔާ މިހާރު ދޫކޮށްލާފައިވާ ފިލްމު "ޖޭސްމިން" ގެ ޕޯސްޓަރެއް...

ފިލްމުގެ ކޮންސެޕްޓް އައިޝްވާރިޔާ އަށް ކިތަންމެ ކަމުދިޔަ ނަމަވެސް އޭނާ ވަނީ ފިލްމުގެ ސްކްރީންޕްލޭ އަށް ހިތްހަމަނުޖެހޭތީ އެ ފިލްމު ދޫކޮށްލާފައެވެ. ދެން އެ ފިލްމުން ފެނިގެންދާނީ ކޮން ބަތަލާއެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ފިލްމުގެ މާގިނަ ތަފްސީލްތަކެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް ވެސް އަދި ނޭނގެއެވެ.

"ޖޭސްމިން" ގެ މަސައްކަތް އައިޝްވާރިޔާ ދޫކޮށްލި ނަމަވެސް އޭނާ ވަނީ މިއަހަރު ފިލްމަކުން ފެނިގެންގޮސްފައެވެ. އެއީ މި އަހަރު އޯގަސްޓު މަހު ރިލީޒްކުރި "ފަނޭ ހާން" އެވެ. ކުރިޔަށް އޭނާ ސޮއި ކޮށްފައި އޮތީ ފިރިމީހާ އަބީޝޭކް ބައްޗަން އާއެކު ކުޅެން ނިންމާފައިވާ "ގުލާބުޖާމޫ" އެވެ.