27 Oct 2018, 15:56
މާލޭގައި މީހެއްގެ މެޔަށް ވަޅިހަރައި ޒަހަމްކޮށްލައިފި އެވެ.
ބޮޑުތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ޒުވާނެއްގެ މެޔަށް ވަޅިހަރާފައިވާ އިރު އޭނާ އަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި 40 އަހަރުގެ ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު 2:40 އެހާކަންހާއިރު ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
އެ މާރާމާރި އާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީގެ ދެހަފްތާ ކުރިން ވަނީ 14 އަހަރުގެ ކުއްޖަކު މަރާލައިފަ އެވެ. މި މަހުގެ ތެރޭގައި މާލޭގައި ގިނަ މާރާމާރިތަކެއް ހިނގާފައިވާ އިރު ފުލުނުން ވަނީ ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ.