27 Oct 2018, 10:44
ގޭސްފުޅި އަޅައިގެން ލަނޑާ ނަގަން ފީނި މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ ފުޅިއަޅައިގެން ފީނަން ފޭބި، ސ. ހިތަދޫ ފެހިވިނަ އިބްރާހީމް ޝަކީބްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓު ލިބުނީ ރޭ 23:14 ހާއިރު ކަމަށެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި މިމީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށާއި އޭނާ ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުން އޭނާ ފެނުނީ ރޭ 23:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އޭނާ ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން އެއް މޭލު ބޭރުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އޭނާ ގެއްލެން މެދުވެރިވީ ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުންނެވެ.