27 Oct 2018, 09:41
ޗައިނާގައި މިހާރު ދައްކަމުން އަންނަ ރާނީ މުކަރްޖީގެ އެންމެ ފަހުން ނުކުތް ފިލްމު "ހިޗްކީ" ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
މި މަހު 12 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ޗައިނާގައި އެ ފިލްމު ދައްކަމުން އައިރު އެ ފިލްމަށްވަނީ ޗައިނާގައި އެކަނި ވެސް 100 ކުރޯޑުގެ އާމްދަނީ އެއް ލިބިފަ އެވެ.
ޓްރޭޑް އަނަލިސްޓް ތަރަން އާދަޝް ކުރި ޓްވީޓްގައި ބުނީ "ހިޗްކީ" އަކީ ތަފާތު ފިލްމެއް ކަމަށާއި އޯޑިއަންސްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"ހިޗްކީ" ވަނީ ހިންދީ ފިލްމު ސިނަމާތަކުގައި ނާޅުވާ ބައެއް ގައުމުތަކުގައި ވެސް ރިލީޒްކޮށްފަ އެވެ. އޭގެ ތެރޭގައި ޖަޕާން، ކަޒަކަސްތާން އަދި ރަޝިޔާ ހިމެނެ އެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ އެ "ހިޗްކީ" އިން ރާނީގެ އިތުރުން ދެން ފެންނަނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމް އެވެ.
#Hichkisprings a BIG SURPRISE in#China... Crosses ₹ ???? cr... The growth during weekends and strong trending on weekdays has helped put up a healthy total... Total till 25 Oct 2018: $ 13.94 mn [₹ 102.09 cr]... Power of good content!
— taran adarsh (@taran_adarsh)October 26, 2018
ކާމިޔާބު ފިލްމުގެ "ހިޗްކީ"ގެ ޑައިރެކްޓަރަކީ ސިދާތު ޕީ މަލްއުތުރާ އެވެ.
ފިލްމުން ފެނިގެންދާނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ. ރާނީ އަށް ޖެހިފައިވާ އެ ބައްޔަކީ ކުރިން އޭނާގެ ބަލިފަ އެވެ. ކެތްތެރިކަމާ އެކީ އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ރާނީ ކަންތައްތަކަށް ކުރިމަތިލައި ކާމިޔާބު ހޯދާތަން ފިލްމުން ފެނިގެންދެ އެވެ. ދަތި އުނދަގޫ ކަންތައްތައް ކަޑައްތު ކޮށް ކުރީގެ އޭނާގެ ބަލިފައި (އޭނާ އަށް ޖެހިފައި ހުރި ބަލި) އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެންދާ މަންޒަރު ވެސް ފިލްމުން ދައްކުވައިދޭނެ އެވެ.