27 Oct 2018, 11:43
ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭގެ މިދިޔަ އަހަރުގެ "އެމްޕްލޯއީ އޮފް ދަ އިޔަރ" އެވޯޑް، ޑރ. އީޝްވަރު ޝަރްމާއަށް ލިބިއްޖެއެވެ.
އޭޑީކޭގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ހާއްސަ ހަފްލާ އެއްގައި ޑރ އީޝްވަރުއަށް ސެޓްފިކެޓް އާ ސޭޝް އަދި ފައިސާގެ އިނާމް ހަވާލުކުރެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ އަލީ ޝަމީމް އެވެ.
އޭޑީކޭގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު
ޑރ އީޝްވަރު އަކީ އިންޓާނަލް މެޑިސިން މަސައްކަތްކުރާ ޑޮކްޓަރެކެވެ. ފައިސާ އިނާމުގެ އިތުރުން އީޝްވަރުއަށް ވަނީ ފަސް ދުވަހަށް ތުރުކީގެ އަވަށެއް ކަމަށްވާ އިސްތަންބުލްގައި ހޭދަ ކޮށްލުމުގެ ފުރުސަތު ލިބިފައެވެ. އެ ދަތުރަށް އީޝްވަރު ބޭޭނުން ފަރާތެއް ގެންދިޔުމުގެ ފުރުސަތު ވެސް ވަނީ ލިބިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަމީމް ވިދާޅުވީ މުވައްޒަފުންގެ އަގުވަޒަންކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އޭޑީކޭ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭޑީކޭގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލް. މި ހޮސްޕިޓަލުން ދެވޭ ފަރުވާ އަކީ ފެންވަރު ރަނގަޅު ފަރުވާ އެއް. އަދި މި ހޮސްޕިޓަލުން ދެވޭ ފަރުވާގެ ޚިދުމަތްތަކުގެ ފެންވަރުދަނީ މަތިވަމުން،"
އޭޑީކޭގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު
"އެމްޕްލޯއީސް ޕާފޯމެންސް އެވޯޑްސް" ނަމުގައި އޭޑީކޭއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެ އެވޯޑް ހަފްލާގައި ހޮސްޕިޓަލުގައި ފާހަގަކުރެވޭ 52 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.