26 Oct 2018, 21:50
އަދިވެސް ލަންކާގެ ބޮޑުވަޒީރަކީ ރަނިލް ވިކަރަމަސިންހަ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރަނިލްއާ ހަވާލާދީ، ލަންކާގެ ޑެއިލީމިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާއަށް އަދިވެސް މަޖިލިސްގެ މެޖޯރިޓީ އޮތްކަން ވަރަށް އަވަހަށް ދައްކާލާނެ ކަމަށެވެ.
އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވަކިކޮށް، ބޮޑުވަޒީރުގެ މަގާމުގެ ހުވާ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މިރޭ ވަނީ ކުރައްވާފައެވެ.
Constitutional Crisis in Sri Lanka : "Ranil Wickramasinghe is the Prime Minister of this country" Cabinet Spokesman Minister Rajitha Senaratne tells BBC, President office says Cabinet is dissolved and Prime Minister is Mahinda Rajapaksa
— Azzam Ameen (@AzzamAmeen)October 26, 2018
ސްރީލަންކާގެ ރައީސް އޮފީހުން މިރޭ ބުނިގޮތުގައި، އެގައުމުގެ ކެބިނެޓު މިހާރު ވަނީ އުވިފައެވެ. ކެބިނެޓުގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި އެގައުމުގެ ހެލްތު މިނިސްޓަރު ޑރ. ރާޖިތަ ސޭނާރަތުނަ މިރޭ ބީބީސީއަށް ވިދާޅުވީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގައި އަދިވެސް ހުންނެވީ ރަނިލް ވިކްރަމަސިންހަ ކަމަށެވެ.
ލަންކާގެ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރަވެސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ މިރޭ ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ ޑިމޮކްރަސީއާ ހިލާފަށް ކޮށްފައިވާ "ބަގާވާތެއް" ކަމަށެވެ.
The appointment of@PresRajapaksaas the Prime Minister is unconstitutional & illegal. This is an anti democratic coup.#lka
— Mangala Samaraweera (@MangalaLK)October 26, 2018
ލަންކާ ފިނޭސް މިނިސްޓަރު، މަންގަލަ ސަމަރަވީރަ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އަލަށް ހުވާ ކުރެއްވި
ކުރީގެ ރައީސް އަދި ދާދި ފަހަކާ ޖެހެންދެން އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާފައިވަނީ އެގައުމުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއްޕާޓީ އަދި ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ހިމެނޭ އިއްތިހާދު، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ސަރުކާރު ކޯލިޝަނުން ވަކިވިތާ މާގިނައިރުތަކެއް ނުވަނީހެވެ. ޔޫޕީއެފްއޭ އިއްތިހާދުގެ ލީޑަރަކީ ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގައެވެ.