އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަސް ފާހަގަކުރުމަށް ކެންސާ ސޮސައިޓީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ބާޢްވާ ޕިންކް ރިބަން ރަން މާދަމާ އޮންނާނެއެވެ.

މިއަހަރުގެ މި ދުވުން މާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗުތައް ހުންނަ ހުރިހާ ރަށެއްގައި ކުރިއަށްދާނެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަސް ފާހަގަކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައެވެ. މާދަމާ ބާޢްވާ ޕިންކް ރިބަން ރަން އަކީ މި މަހު ކެންސާ ސޮސައިޓީ އިން ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

ކެންސާ ސޮސައިޓީ އަކީ ކެންސަރާ ބެހޭ ދިރާސާތައްކޮށް ތަފާސްހިސާބު އެއްކޮށް ކެންސަރާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް 2012 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ސޮސައިޓީއެކެވެ. ކެންސާ ސޮސައިޓީ އަކީ 2015 ވަނަ އަހަރުން ފެށިގެން ޔޫނިއަން ފޯ އިންޓަނޭޝަނަލް ކެންސާ ކޮންޓްރޯލުގެ މެންބަރެކެވެ.