27 Oct 2018, 08:04
މަޝްހޫރު ތެލުގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ހިންދީ ރީމޭކްއަށް ކިޔާނެ ނަން ފާސްކޮށްފިއެވެ.
ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަށް ކިޔާނީ "ކަބީރު ސިންގ"އެވެ. ޝާހިދު ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް އާންމުކޮށްފައެވެ.
ޝާހިދު އާއެކު ފިލްމުން ދެން ފެނިގެން ދާނީ އަރަމުން އަންނަ ބަތަލާ ކިއާރާ އަދްވާނީއެވެ. ފިލްމު ޑައިރެކްޓު ކުރަނީ ސަންދީޕް ވަންގާއެވެ.
އަންނަ އަހަރުގެ ޖޫން 21 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ މުމްބާއީ އަދި ނިއު ދިއްލީގައެވެ. މިހާރު ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށް އެބަދެއެވެ.
"އަރްޖުން ރެއްޑީ" ގައި ފެނިގެން ދިޔައީ އަންހެން ކުއްޖެއްގެ ލޯބީގައި ޖެހި، އެކުއްޖާ ބޭވަފާތެރިވުމުން ކާމިޔާބު ޑޮކްޓަރެއްގެ ދިރިއުޅުން ބަނަވެގެންދިޔަ ގޮތެވެ. "ކަބީރު ސިންގ" ގެ ވާހަކަ ވެސް ބިނާކޮށްފައި ވަނީ އޮރިޖިނަލް ފިލްމާ އެއްގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.