ބުރިޖުގެ އެއްވެސް ލޭން އެއް ބަންދުކުރަން ހުއްދައެއް ނުދޭ ކަމަށް ހައުސިން މިނިސްޓަރު ޑޜ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު، ޑރ. މުއިއްޒު މިހެން ވިދާޅުވި ނަމަވެސް އިއްޔެ އެ މިނިސްޓްރީ އިން ނެރުނު އިއުލާން ގައި ބުނެފައިވަނީ ބުރިޖް މަޝްރޫޢަށް ހެދިފައިވާ ވަގުތީ ޕްލެޓް ފޯމްގެ ޕައިލްތައް ނެގުމަށްޓަކައި ބުރިޖުގެ ބައެއް ލޭންތައް މިއަންނަ ހޯމަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބައެއް ވަގުތުތަކުގައި ބަންދުކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި ލޭން ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ޓްރެފިކް ޕޮލިހުން ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވެސް އެ އިއުލާން ގައި ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ހައުސިން މިނިސްޓރީގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.