ނިއުޕޮޓުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ޒާހިދު ރަމީޒް (ޒާހިދު ކްރިއޭޓާ) އިސްތިއުފާ ދީފިއެވެ.

ޒާހިދު އިސްތިއުފާދިންކަން އިއުލާނުކޮށްފައިވަނީ ޓްވިޓާގައި އާންމުކުރި ބަޔާނެއްގައެވެ. އޭނާ ބުނީ ފަސް އަހަރު ފަހުން ނިއުޕޯޓުގެ އެމްޑީގެ މަގާމުން އިސްތިއުފާދިނުންވީ އުނދަގޫ ނިންމުމަކަށް ކަމަށެވެ.

އޭނާ ބުނެފައިވަނީ މަގާމުންް އިސްތިއުފާދިނީ "ބްރޭންޑް އިތުރަށް ފުޅާވެ ކާމިޔާބީ ހާސިލު ކުރެވޭނީ އެއްފަރާތަކަށް ޖެހިގެން ކަމަށް ގަބޫލު ކުރެވޭތީ" ކަމަށެވެ.

އެ ކުންފުނިން ޒާހިދު އިސްތިއުފާ ދީފައިވާއިރު މި ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެކަމަކު ފަހުން އެ މައްސަލާގައި ދައުވާ ނުކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ނިއުޕޯޓް ހިންގާ "ސްްރާޑާ" އިން ސިނަމާލެ ބްރިޖު ސަރަހައްދުގައި ތަރައްގީކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުން ސްޓްރާޑާ ކުންފުނިން ވަނީ އެދުނު 14.4 ބަދަލެއްގެ ގޮތުގައި މިލިއަން ރުފިޔާ ދިނުމަށް އެދިފައެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މަޑުޖައްސާލަން އޭސީސީން ވަނީ އަންގާފައެވެ.