މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ބުނީ ވައިޓް އެލާޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށްކަމަށެވެ.

އެ ހިސާބުތަކަށް ވިއްސާރަކޮށް އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ވިއްސާރަކުރާނެ ކަމަށެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން މެންދުރު 13:00ގެ ނިޔަލަށެވެ.