އިންޑިއާގެ ފިލްމީ ދެ ތަރިން ކަމަށްވާ ޕްރިންސް ނަރޫލާ، 28، އާއި ޔުވިކާ ޗައުދަރީ، 35، ހަނީމޫނަށް ރާއްޖެ އަތުވެއްޖެ އެވެ.

މި މަހު 13 ވަނަ ދުވަހު ކައިވެނިކުރި އެ ދެތަރިން ހަނީމޫން ހޭދަކުރަމުން އަންނަނީ އދ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ އަމާޔާ ކުޑަ ރަށް ރިސޯޓްގަ އެވެ. ދެ ތަރިން ރާއްޖެ އައިސް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި ޕްރިންސް އާއި ޔުވިކާ އެކުގައި ނަގާފައިވާ ފޮޓޯތައް އަންނަނީ އެ ދެތަރިންގެ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

ޕްރިންސްއަކީ އެމްޓީވީގެ ރޯޑީޒް ޝޯވް ކާމިޔާބުކުރި ފަންނާނެކެވެ. އަދި އޭނާ އަކީ ރޯޑީޒްގެ މެންޓޯއެއް ވެސްމެ އެވެ. ޔޫވިކާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވީރޭ ދި ވެޑިން"، "އޯމް ޝާންތި އޯމް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ޔޫވިކާ އާއި ނަރޫލާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 ވަނަ އަހަރު ކަލާޒް އިން ގެނެސްދިން "ބިގް ބޮސް"ގެ ސެޓުންނެވެ.