24 Oct 2018, 13:35
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއަށް ސައުތު އޭޝިޔާ ސަރަހައްދުގެ ޝަރަފުވެރި އިފްސާ ގޯލްޑް އެވޯޑް މިއަހަރުވެސް ލިބިެއްޖެއެވެ.
އަޔާދީ ތަކާފުލްއަށް މިއެވޯޑު ލިބިފައިވަނީ ޔޫޓީއޯއިން އިންތިޒާމްކޮށްގެން ރޭ ސްރީލަންކާގައި ބޭއްވި އިފްސާ (އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިޔާ)ގެ ތިންވަނަ އަހަރީ އިނާމު ދިނުމުގެ ހަފްލާގައެވެ. އަޔާދީގެ ފަރާތުން މިއެވޯޑާ ހަވާލުވީ ޖެނެރަލް މެނޭޖަރ އަލްފާޟިލް އިބްރާހިމް ފިރުޝާންއެވެ.
އަޔާދީ ތަކާފުލްއަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކުގެ މަތިން ފަރުމާކޮށްފައިވާ އިންޝުއަރަންސްގެ ހިދުމަތްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ދޭ އިންޝުއަރެންސްގެ ހިދުމަތްތަކުގެ ތެރޭގައި ކާރިސާ ތަކާފުލް، ހޯމް ތަކާފުލް، ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް، ހައްޖު އަދި އުމްރާ ތަކާފުލް ފަދަ ހިދުމަތްތައް ހިމެނެއެވެ.
އަޔާދީ ތަކާފުލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ، އަޔާދީގެ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން ވިދި ވިދިގެން ދެވަނަ ފަހަރަށް މިއެވޯޑް ލިބުމަކީ ކުރިޔަށްދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރިޔަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އަޔާދީ ތަކާފުލްގެ ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ ސިއްރަކީ އެކުންފުނީގެ ހީވާގި، ޒުވާން ޓީމުކަމަށް ފިރުޝާން ވިދާޅުވިއެވެ.