24 Oct 2018, 13:42
ބަނގުރާ ފުޅިތަކާ އެކު 22 އަހަރުގެ ފިރިހެނަކު މާލެއިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު ބަނގުރާ ފުޅިތަކެއް އޭއޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ފެނފައިވާތީ ކަމަށެވެ.
އެގޮތުން ސައިކަލް ބަލައި ފާސްކުރި އިރު ސައިކަލުގެ މަޑިދަށުން ތިން ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ހަތަރު ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.