24 Oct 2018, 11:31
ވަން ޕްލަސްއިން އަންނަ އަހަރު ނެރޭ ވަން ޕްލަސް7 އަކީ 5ޖީ ނެޓްވޯކް ސަޕޯޓުކުރާ ފޯނެއް ކަމަށް އެކުންފުނިން ބުނެފިއެވެ.
ވަން ޕްލަސްގެ ކޯ ފައުންޑަރު ކާ ޕޭ ވިދާޅުވީ ވަންޕްލަސްއިން އަންނަ އަހަރު 5ޖީ ފޯނެއް ނެރޭނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.
"5ޖީ ފޯނު ފުރަތަމަ ނެރޭ މީހުންގެ ތެރޭ އަހަރެމެންވެސް ހިމެނޭނެ. ކުއެލްކޮމް އާ ގުޅިގެން ކޮމާޝަލީ 5ޖީ ފުރަތަމަ ލޯންޗުކުރާ މީހުންގެ ތެރޭ އަހަރެމެންވެސް ހިމެނޭނެ،" އޭނާ ވިދާޅުވީ 5ޖީ ޑިވައިސްއެއްގެ މަސައްކަތް 2016 ގައި ފަށާފައިވާ ކަމަށެވެ.
މިހާރު ވަން ޕްލަސް އިން 5ޖީ ޓެސްޓުވެސް ކޮށްފައިވާ ކަމަށްވެސް ކާ ޕޭ ވަނީ ވިދާޅުވެފައެވެ. ނަމަވެސް 5ޖީ ފޯނު ވިއްކަން ފަށާނީ ސީދާ ކޮން ތާރީހަކު ކަމެއް ބުނެފައެއް ނުވެއެވެ.
ކުއެލްކޮމް އިން ބުނެފައިވަނީ އެމީހުންގެ ސްނެޕްޑްރެގަން އެކްސް50 5ޖީ މޮޑެމް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލޯންޗުކުރެވޭވަރު ވާނެ ކަމަށެވެ.