25 Oct 2018, 08:33
ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ވޮންޑާ ވުމަން" އަނެއްކާ ވެސް ފަސްކޮށްފިއެވެ.
ކުރިން މި ފިލްމު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރަން ނިންމޮ ނަމަވެސް އެ ފިލްމު އަޅުވާ ގޮތަށް މިހާރު ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުގައެވެ.
މިއީ އެ ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކުރި ތިންވަނަ ފަހަރުއެވެ. "ވޮންޑަ ވުމަން 1984" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް އެ ޓީމުން ގަބޫލުކުރާއިރު އެ ފިލްމު ފަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
Super excited to announce that, thanks to the changing landscape, we are able to put Wonder Woman back to its rightful home. June 5, 2020. Be there or be square!!!
✨????♀️✨pic.twitter.com/Wj8ORUQLdg— Gal Gadot (@GalGadot)October 22, 2018
"ވޮންޑަ ވުމަން" އަކީ މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން މިހާރު ދަނީ ކުރިއަށެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ގަލްގެ އިތުރުން ކްރިސްޓެން ވިގް، ކްރިސް ޕައިން އަދި ޕެޑްރޯ ޕާސްކަލް ފަދަ ކޫޅަދާނަ އެކްޓަރުން ހިމެނެއެވެ.
ސަތޭކަ ފަންސާން މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ހަދައި މިދިޔަ އަހަރު ރިލީޒްކުރި "ވޮންޑަ ވުމަން"އަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.