24 Sep 2011, 13:46
ވެލެންސިއާ ފުލަށް ވައްޓާލުމަށް ފަހު، ލީގް ތާވަލްގެ ފަސް ވަނަ މަގާމަށް އީގަލްސް ޖެހިލައިފި އެވެ.
ބުރާސްފަތު ދުވަހުގެ ރޭ، މި ދެ ޓީމް ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، 3-2 ލަނޑުން ކުރި ހޯދާ މެޗް ކާމިޔާބު ކުރީ އީގަލްސް އެވެ.
މެޗަށް ނުކުތުމުގެ ކުރިން މިބުރުގެ ފަސް ވަނަ މަޤާމް ކަށަވަރު ކޮށްފައިވާ ވެލެންސިޔާ ކޮޅަށް، އީގަލްސް އިން ވަނީ މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ހޯދާފަ އެވެ. އެ ލަނޑު އީގަލްސްއަށް ކާމިޔާބު ކޮށްދިނީ، އަބްދުﷲ މުއާޒް )އޮޓޯ( އެވެ.
މެޗްގެ ފުރަތަމަ 20 މިނެޓުގެ ކުރިން އީގަލްސް އިން ލަނޑު ޖަހާ ކުރި ހޯދި ނަމަވެސް، ލީގް ތާވަލްގެ މަޤާމް ގެއްލުވާލަން ބޭނުންނުވި، ވެލެންސިއާ އަށް އުންމީދު އާވެގެން ދިޔައީ ދެ ވަނަ ހާފުގެ ކުރީ ކޮޅު އެޓީމްގެ އިބްރާހިމް ސުހެއިލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނެޓުގެ ކުޅުން ނިމުނު އިރުވެސް، 1-1 ލަނޑުން ދެ ޓީމް ހަމަހަމަވީ އިރު، އޭގެ ދެ މިނެޓް ފަހުން އީގަލްސްގެ އިބްރާހިމް މަމްނޫން ވަނީ ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ލީޑް އެ ޓީމަށް ދެ ވަނަ ފަހަރަށް ނަގައިދީފަ އެވެ. އެކަމަކު އޭނގެ އިރުކޮޅެއް ފަހުން ވެލެންސިއާ އިން ވަނީ އަލުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު ވެލެންސިއާ އަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ރިލުވާނެވެ.
މެޗު ނިމެން ދަނިކޮށް މާޒިޔާ މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، ޒުވާން ފޯވާޑް އަހުމަދު އިމާޒެވެ.
މިއީ މި ދެ ޓީމް މިބުރުގައި ކުޅުނު އެންމެ ފަހު މެޗެވެ.