ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރު އެޕްރީލް މަހު ބެލުންތެރިން ހެއްވާލަން ތައްޔާރުކުރަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި" އަކީ ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމެކެވެ. ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ތަރިންނާ މުޅިން އާ ތަރިން މި ފިލްމުގައި ފެންނާނެއެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވެސް ފިލްމުގައި ފެނިގެންދާނެ ތަރިންގެ ފޮޓޯ ވަނީ ފިލްމުގައި ކިޔާ ބައެއް ނަންތަކާ އެކު ބެލުންތެރިންނަށް ދައްކާލާފައެވެ. އެ ފިލްމުގައި އެކްޓަރުންނަށް ދީފައި ވަނީ މީހުން ހެއްވާލާނެ ކަހަލަ މަޖާ ނަންތަކެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ރެކްސް އާއި ނުޒޫ...

މި ވާހަކަ ބައްވާފައި ދެން ދައްކާނީ ފިލްމުގައި ފެނިގެންދާނެ ތަރި އާދަމް ރިޒްވީ (ރެކްސް) މި ފިލްމުގައި ކުޅޭ މުހިއްމު ރޯލުގެ ވާހަކަ އެވެ. އޭނަ އަށް ފިލްމުގައި ކިޔާނީ ޕްރަދީޕް ރައުފް އެވެ. މީގެ ކުރިން ފިލްމު ތަކުގައި ނުފެންނަ ވަރުގެ ބޮޑު ރޯލަކުން "މާމުއި" ގައި ރެކްސް ފެންނާނެއެެވެ.

ރެކްސް ފެންނާނީ އަބަދުވެސް ބެގީ ކޮށްލައިގެން ހުންނަ ވަރަށް "ޑީސެންޓް ލުކް" އެއްގައެވެ. ނަމަވެސް އެ ޑީސެންޓް ކަމުގެ ފަހަތުގައި ފޮރުވިފައިވާ ކިތަންމެ ކަމެއް އެބަ އޮތެވެ. ފިލްމުގައި ރެކްސް ޑީސެންޓްކޮށް ހުއްޓަސް ނުބައި ކަން ވެސް އޭނާ ދައްކާނެއެވެ.

" އަސްލު ފިލްމުގަ ނުބައި ބައިވެސް ފެންނާނެ، އެކަމަކު ހުންނާނީ ވަރަށް މަޑުމައިތިކޮށް، ކުރާ ނުލަފާ ކަންތަކުން އޯޑިއަންސް ހެއްވާލާނެ،" ރެކްސް ބުންޏެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ރެކްސް...

ފިލްމުގައި ރެކްސް ދައްކުވައިދޭ ރޯލުގައިވާ ގޮތް ކިޔައިދޭކަށް ނެތީމެވެ. އޭނާ ފިލްމަށް ކުރީ ބުރަ މަސައްކަތެކެވެ. ރެކްސް ކުޅެފައިވަނީ އޭނަ އަށް ހާއްސަ ކޮށްގެން ލިޔެފައިވާ ރޯލެކެވެ. ޕްރޮޑިއުސަރާއި ޑައިރެކްޓަރު ހިތް ހަމަޖެހޭ ވަރަށް ރެކްސް އެ ރޯލު ދައްކަދިން ކަމަށް ބުންޏެވެ.

" އައިޝަތު ފުއާދު ވާހަކަ ލިޔުނު އިރު ރެކެސް އަށް ހާއްސަ ކޮށްގެން އެ ކެެރެކްޓާ ލިޔެފަ އިނީ ވެސް، އެކަމަކު ފުރަތަމަ މި ފިލްމުގަ އެކްޓް ކުރޭވޭނެ ކަމަށް ހިޔެއް ނުކުރަން، އެއީ ޖޮބްގަ ވަރަށް ބިޒީ ވެގެން، އެކަމަކު ހަމަ ޑައިރެކްޓަރު ވެސް ބުނީމަ ޝޫޓިން އަށް ޖޮއިންވީ،" ރެކްސް ކިޔައިދިނެވެ.

އޭނާ ބުނީ، "މީ ލޯތްބަކީ" އާއި "ވާށޭ މަށާ އެކީ" ފަދަ ފިލްމު ތަކުން ނުފެންނަ ރެކްސް އެއް "މާމުއި" ގައި ފެންނާނެ ކަމަށެވެ. ކޮންމެ ޝޮޓެއް ނެގުމުގެ ކުރިން ވެސް މަންޒަރަށް ރަނގަޅަށް ރެޑީ ވާ ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

"ވަކިން ލޯބިން" ގައި ވެސް ކުޑަ މަންޒަރަކުން ފެނިފައިވާ ރެކްސް ބުނީ، އެ ފިލްމުގައި ފެނިގެންދާ ހުރިހާ އެކްޓަރުންނާއި ކަހަލަ ގޮތަކަށް ފިލްމުގައި އޭނާ ދިމާވާނެ ކަމަށާއި އޭނާގެ ކޯ އެކްޓަރުންނަކަށް އުޅޭނީ މާރިއާ ތެރިސާ އާއި އިސްމާއިލް ޖުމައިހް ކަމަށެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި އައްޒަ އާއި ރެކްސް...

" ރެކްސްގެ ކޯ އެކްޓަރުންނަށް އެންމެ ކައިރީގަ އުޅޭނީ މާރިއާ އާއި ޖުމާ، ކުރާ ރަނގަޅު ކަންކަން އެކަކަށް ޝެއާރ ކުރާނެ، އަދި ނުލަފާ ކަންކަން އަނެކަކަށް، ވަރަށް ބޮޑު ރޯލެއް ހަގީގަތުގައިވެސް އިންނާނެ ރެކްސް ގެ، ހުރިހާ އެންމެންގެ ސަޕޯޓް ޝޫޓިންގަ ލިބޭ،" ރެކްސް ބުންޏެވެ.

ރެކްސްގެ އެކްޓިން އަށް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ވެސް ކުރީ ތައުރީފެވެ. އަދި ރެކްސްގެ ކުޅަދާނަ އެކްޓިން ބަލާލަން ބޭނުންވާ ނަމަ މި ފިލްމު ބަލާލަން ވާނެ ކަމަށް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ބުންޏެވެ.

އަންނަ އަހަރު އެޕްރީލް ފަސް ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "މާމުއި" ގައި ޝާއްްކޮ އަންމަޑޭ (ހުދުމުހުތާރު) އެކޭ އެއް ފެންވަރެއްގެ ބޮޑު ރޯލެއް ރެކްސް ދައްކަދޭނެއެވެ. ރެކްސްގެ އެކްޓިން ބަލާލަން އިންތިޒާރު ކުރަމާތޯއެވެ.