23 Oct 2018, 16:29
ގއ. ވިލިނގިލިން މަސްތުވާތަކެއްޗާ އެކު 38 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫއިން ގއ. ވިލިނގިއްޔަށް މަސްތުވާތެކެތި ބަލައި އަންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ ވިލިނގިލީ ބަނދަރު ސަރަހައްދުންނެވެ.
ފުލުހުން ބުނީ އެ މީހާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 61 ސެލޯފިން ކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށްއަށް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ގއ. ވިލިނގިިލިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފައި ވާއިރު މިދިޔަ ހުކުރު ދުވަހު ޅ. ނައިފަރުން މަސްތުވާތަކެއްޗާ އެކު 24 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.