ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރު ކުރަން އުޅުނު ރަންގަނޑެއް އަތުލާގެންފި އެވެ.

"ސަން" އަށް އިނގިފައިވާ ގޮތުގައި އެއް ކިލޯގެ ބަރުދަން ހުރި މި ރަންގަނޑު އަތުލައިގަނެފައި ވަނީ މި ހަފްތާ ތެރޭގަ އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލަ އެއް އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށާއި މިހާރު މޯލްޑިވިސް ކަސްޓަމްސް އާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.