ފުރަތަމަ ދަރިފުޅު އެއީ އަންްހެން ނޫނީ ފިރިހެން ކުއްޖެއް ކަމުގައި ވިޔަސް އުފާވާނެ ކަމަށާއިި ވަކި ޖިންސަކަށް ނުބަލާ ކަމަށް ފިލްމީ ތަރި ނޭހާ ދުފިއާ ބުނެފިއެވެ.

ނޭހާ ދުފިއާއާއި އަންގަދު ބޭޑީ ދަނީ އެދެމީހުންގެ ލިބެން އުޅޭ އަލަތު ދަރިފުޅަށް ފޮނި އުންމީދު ތަކެއް ކުރަމުންނެވެ.

އިންޑިއާގެ ނޫހަކަށް ނޭހާ ބުނެފައިވާ ގޮތުގައި އަލަތު ދަރިފުޅަަކީ ކޮންމެ ޖިންސެއްގެ ކުއްޖަކަށް ވީނަމަވެސް މައްސަލައެއް ނެތް ކަމަށާއި ވަކި ޖިންސަކަށް ނުބަލާ ކަމަށް ވެއެވެ. އަދި ބޭނުން ވަނީ ސިއްހަތު ރަނގަޅު ދަރިޔެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބަލިވެ އިން ކަމުގައި ވިޔަސް ނޭހާ ފާހަގަ ކުރެވެނީ ވަރަށް މުރާލި އަންހެނެއްގެ ގޮތުގައެވެ.

ބަނޑު ބޮޑުވި ކަމުގައި ވިޔަސް ގޭގައި މަޑު މަޑުން ނީނދެ މަސައްކަތް ކުރާނެ ކަމަށާއި ދަރިޔަކު ލިބުނަސް ފިލްމު ކުޅުން ނުހުއްޓާނެ ކަމަށް މީގެ ކުރިން ނޭހާ ބުނެފައިވެއެވެ.

ނޭހާ ވަަނީ މި މަހު ރިލީޒްކުރި ކާޖޮލްގެ "ހެލިކޮޕްޓަރ އީލާ"ގެ ރޯލަކުން ވެސް ފެނިގެންގޮސްފައެވެ.