ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އާއި ނިކިލް އަދްވާނީގެ ކުރިޔަށް ޕްރޮޑިއުސްކުރަން އޮތް ފިލްމުގެ ލީޑުން ސިދާތު މަލްއުތުރާއާއި ރިތޭޝް ދޭޝްމުކާއެކު ތާރާ ފެނިގެންދާނެ ކަމަށް ހަބަރުތަކުން ބުނަން ފަށައިފިއެވެ.

މީގެ ދެތިން ދުވަސް ކުރިން އެ ފިލްމު ކުޅެން ސިދާތާއި ރިތޭޝް ސޮއިކޮށްފައިވާ ކަމަށް ހަބަރުތައް ފެތުރެފިއި ވަނިކޮށް ތާރާ ވެސް ފިލްމުގެ ރޯލަކަށް ސޮއިކޮށްފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

ނޫސްތަކުން މިހެން ބުނަން ފެށި ނަމަވެސް އެ ފިލްމުގެ ސާޖިދު އަދި ނިކިލް ތާރާ މި ފިލްމަށް ސޮއި ކުރި ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނަން ހާމަ ކޮށްފައި ނުވާ އެ ފިލްމު ޑައިރެކްޓް ކުރަނީ ދާދި ފަހުން ރިލީޒްކުރި "ސަތުޔަމޭ ވްޖަޔަތޭ"ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ އެވެ.

ކުރިޔަށް މި އޮތް ފިލްމުގެ މާ ގިނަ ތަފްސީލް ތަކެއް ހާމަކޮށްފައި ނުވިޔަސް ދާދި ފަހުން ތާރާ ވަނީ ޝާހިދު ކަޕޫރާ އެކު ލީޑު ރޯލު ކުޅެން ނިންމާފައިވާ ފިލްމު "އަރްޖުން ރެޑީ" ދޫކޮށްލާފައެވެ. އެހެންކަމުން ސާޖިދުގެ މި ފިލްމުން އޭނާ ފެނުން ގާތެވެ.