މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ]ޖީއެސްޓީ[ ނެގުމުގެ ގާނޫނާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށާއި އެ ގާނޫނުގެ ދަށުން އިންލެންޑް ރެވެނިއު އޮތޮރިޓީގައި ރަޖިސްޓްރީނުކޮށްވާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގައި އެހީތެރިވެ ދިނުމަށް "ޖީއެސްޓީ ޑޯޓުޑޯ ރަޖިސްޓްރޭޝަން ކެމްޕޭން"ގެ ނަމުގައި އެ އޮތޯރިޓީން މިއަދު ކޭމްޕޭނެއް ފައްޓައިފި އެވެ.

މިއަދު ހެނދުނު 9:30ގައި ފެށި އެ ކެމްޕޭނުގެ ދަށުން މާލޭގެ ހަތަރު އަވަށުގައި ހުރި ވިޔަފާރިކުރާ ތަންތަނަށް އެ އޮތޯރިޓީގެ މުވައްޒަފުން ޒިޔާރަތްކޮށް ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީކޮށްފައިވޭތޯ ބަލައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމާއި ފޯމް ފުރާނެ ގޮތުގެ މައުލޫމާތާއި އަދި ޖީއެސްޓީ އާ ބެހޭ ގޮތުން މައުލޫމާތުތަކެއް ދޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީރާ އިން ބުނީ ކެމްޕޭން މިއަދު ހަވީރު 6:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ޖީއެސްޓީ ގާނޫނަށް އަމަލުކުރަން ފައްޓަން ޖެހެނީ އަންނަ މަހު ދެ ވަނަ ދުބަހުން ފެށިގެންނެވެ. ނަމަވެސް ޑީއާރުޕީން ވަނީ އެ ގާނޫނަށް އަމަލު ކުރުން ހަ މަސް ދުވަހަށް ފަސް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވައިފަ އެވެ.

މިހާރު ގާނޫނު އޮތް ގޮތުން އަންނަ މަހު ދެ ވަނަ ދުވަހު ޖީއެސްޓީ ނަގަން ފަށައިފި ނަމަ ވިޔަފާރިވެރިން ޑަބަލް ޓެކްސް ޓެކްސް ދައްކަން ޖެހޭނެ އެވެ.