"ކަލާގެ ހަށިގަނޑު އަހަރެންގެ ދުނިޔެއާ ވަކިކޮށްގެން ގެންގޮސްފި އެވެ. އެކަމަކު ކަލާގެ ތި ރީތި ހިނިތުންވުން އަބަދު ވެސް އަހަންނާއެކު ވާނެ އެވެ. އަހަރެންގެ ލޯބިވާ ޚާޝޯގްޖީ" މިއީ ސައުދީ އަށް ނިސްބަތްވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގްޖީގެ ލޯބިވެރިޔާ ކުރި ޓްވީޓެކެވެ.

ޚަޝޯގްޖީ ދިން ވީޑިއޯ އިންޓަވިއުއެއްގެ މަންޒަރަކާއެކު ހޮނިހިރު ދުވަހު ހަދީޖާ ކުރި ޓްވީޓު ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ. މި ވީޑިއޯގައި ހަޝޯގްޖީ ވާހަކަ ދައްކަން އިންދައި އޭނާގެ ފައި މައްޗަށް ބުޅަލެއް އެރުމާ އެކު ހިނިގަނޑު ފަޅައިގެން ދެ އެވެ. އަދި އެ މަންޒަރާއެކު ވީޑިއޯ އާންމު ކުރަން އެދެއެވެ.

ކައިވެނި ކުރުމަށް ފުރިހަމަކުރަން ޖެހޭ ލިޔުންތަކެއް ފުރިހަމަ ކުރުމަށް ތުރުކީގައި ހުންނަ ސައުދީ އެމްބަސީ އަށް އަޝޯގްޖީއާ އެކު އޭނާގެ ލޯބިވެރިޔާ ޚަދީޖާ ވެސް ދިޔަ އެވެ. އެކަމަކު ޙަޝޯގްޖީ އެތެރެއަށް ވަނުމަށް ފަހު ޚަދީޖާ ބޭރުގައި މަޑުކުރީ އެވެ. އޭގެ ކުރިން ޚަޝޯގްޖީ ވަނީ އޭނާ ލަސްވެއްޖެ ނަަމަ ގުޅާނެ ނަންބަރެއް ހަދީޖާ އަށް ދީފަ އެވެ. އެއީ ޓާކިޝް އަރަބް މީޑިއާ އެސޯސިއޭޝަންގެ ހެޑްގެ ނަންބަރެވެ.

ހަޝޯގްޖީގެ ހަބަރެއް ނުވާތާ އެއް ދުވަސްފަހުން ހަދީޖާ ވަނީ މީޑިއާ އާ ވާހަކަ ދައްކައިފަ އެވެ. އޭނާ އަށް ހެދި ގޮތެއް ނޭނގޭ ކަމަށާއި ހަބަރު ބަލަން ބޭނުންވާކަމަށް ވަނީ ބުނެފަ އެވެ.

ޚަޝޯގްޖީ ސައުދީ އެމްބަސީގެ ތެރޭ މަރުވިކަމަށް ސައުދީ އިން އެއްބަސްވެފައިވާ އިރު އޭނާ އަކީ ސައުދީގެ ކްރައުން ޕްރިން މުހައްމަދު ބިން ސަލްމާން އަށް ފާޅުގައި ފާޑުކިޔަމުން ގޮސްފައިވާ މީހެކެވެ. އޭނާ 2017 ވަނަ އަހަރުން ފެށިގެން އުޅެމުން ދިޔައީ އެމެރިކާގެ ހިމާޔަތް ހޯދައިގެންނެވެ.