22 Oct 2018, 18:17
ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ލޯބިވެރިޔާ އަށް 24 ގަޑިއިރު ސެކިއުރިޓީ ދޭން ފަށައިފިއެވެ.
ޚާޝުގްޖީގެ ލޯބިވެރިޔާ، ހަދީޝް ޝެންގިޒް (ޚަދީޖާ) 24، އަށް ސެކިއުރިޓީ ދޭން ފަށާފައިވަނީ ތުރުކީގެ ގަވަރުނަރުގެ އޮފީހުން އަންގައިގެން ކަމަށް ތުރުކީގެ ހަބަރުތައް ބުނެއެވެ.
ޚާޝުގްޖީ އާއި ހަދީޖާ ކައިވެނި ކުރަން ނިންމާފައިވަނީ މިމަހުގެ ފަހުކޮޅުއެވެ. ޚާޝުގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އެދެމީހުންގެ ކައިވެންޏާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށެވެ.
މިމަހުގެ ދެވަނަ ދުވަހު ހާޝުގްޖީ ކޮންސިއުލޭޓަށް ދިޔައިރު އޭނާ އާއެކު ހަދީޖާ ވެސް ދިޔައެވެ. ހާޝުގްޖީ ގެ ހަބަރެއް ނުވުމުން އެކަން ކަމާބެހޭޭ ފަރާތްތަކަށް ރިޕޯޓު ކުރީ އޭނާގެ ލޯބިވެރިޔާ އެވެ. އޭނާ ނިކުމޭތޯ ހަދީޖާ ވަނީ ކޮންސިއުލޭޓުގެ ބޭރުގައި އެތައް ގަޑިއެއް ވަންދެން މަޑުކޮށްފައެވެ.
ހަދީޖާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ އާއެކު ހާޝުގްޖީގެ ހަނދާންތައް އަބަދުވެސް ވާނެ ކަމަށެވެ.
They took your bodily presence from my world. But your beautiful laugh will remain in my soul forever. My darling#jkhashoggi#JamalKhashoggi#JusticeForJamalpic.twitter.com/vJOfhL6dEq
— Hatice Cengiz / خديجة (@mercan_resifi)October 20, 2018
ހާޝުގްޖީގެ މައްސަލާގައި ސައުދީ ހޫނުފެނަށް ވެއްޓިފައިވަނިކޮށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކޮންސިއުލޭޓު ތެރޭ އޭނާ މަރުވެފައިވާކަމަށް އެއްބަސްވެފައެވެ. ހާޝުގްޖީ މަރުވީ ކޮންސިއުލޭޓު ތެރޭ ހިނގި ދެބަސްވުމެއް ތަޅާފޮޅުމަކަށް ބަދަލުވެ، އެ ތަޅާފޮޅުމުގެ ތެރޭގައި ކަމަށްވެސް ސައުދީއިން ބުނެފައިވެއެވެ.