އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އަނެއްކާވެސް ބައްދަލު ކުރައްވައިފިއެވެ.

މައުމޫނު ޖަލުން މިނިވަންވެ ވަޑައިގަތްފަހުން އެމަނިކުފާނާ އިބޫ ބައްދަލު ކުރެއްވި މިއީ ދެވަނަ ފަހަރެވެ.

މިއަދު ރައީސް މައުމޫނުގެ އޮފީހުަގއި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލާ މެދު ވާހަކަ ދައްކަވައިފައެވެ. އަދި މިހާރު ސިޔާސީ މަޝްރަހު އޮތް ގޮތާ ގުޅޭގޮތުންވެސް ދެ ރައީސުން މަޝްވަރާ ކުރެއްވިއެވެ.

މައުމޫން އާއި އިބޫ ފުރަތަމަ ބޭއްވެވި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ކޯލިޝަން ދެމެހެއްޓުމަށާއި ގުޅިގެން މަސައްކަތް ކުރުމަށްމަޝްވަރާ ކުރައްވައިފައެވެ.

އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަނުގައި މައުމޫނުވެސް އިސްކޮށް މަސައްކަތް ކުރެއްވިއެވެ.