"ދަ ގްރޭޑް ނިއު ވޮންޑަފުލް" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޑެނީ ލެއިނާ މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގައި އުމުރުން 57 އަހަރުގައެވެ. ޑެނީ މަރުވީ ދުވަސްވީ ބައްޔެއްގައި ކަމަށް ހަބަރުތައް ބުނި ނަމަވެސް އެ ބައްޔަކީ ސީދާ ކޮބައި ކަމެއް ނޭނގެއެވެ.

ޑެނީ ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލު ވެގެން ދިޔަ އަތެއް ފިލްމު ތަކަކާއި ޓީވީ ސިލްސިލާތަކެއް ޑައިރެކްޓް ކޮށްފައެވެ. އޭނާ މަރުވުމާ ގުޅިގެން އޭނާ އާއެކު ފިލްމު ތަކުގައި މަސައްކަތް ކުރި ގިނަ ފަންނާނުން ވަނީީ ޑޭނީގެ ބައެއް ހަނދާންތައް އާކޮށް ޑެނީގެ އާއިލާ އަށް ތައުޒިޔާ ވެސް ކިޔާފައެވެ.

ޑެނީ ޑައިރެކްޓް ކުރި ބައެއް ފިލްމުތަކަށް ބަލާލާނަމަ "ޑޫޑް ވެއަރ އިޒް މައި ކާ" އާއި "ބޯލްސް އައުޓް: ގެރީ ދަ ޓެނިސް ކޯޗް" އަދި "ހެރަލްޑް އެންޑް ކުމާރު ގޯ ޓު ވައިޓް ކާސަލް" ފަދަ މަޝްހޫރު ފިލްމުތައް ހިމެނެއެވެ.

އޭނާގެ ޓީވީ ސިލްސިލާ ތަކަށް ބަލައިލާއިރު "ފްރީކްސް އެންޑް ގީކްސް"، "އެރެސްޓެޑް ޑިވެލޮޕްމަންޓް" ގެ އިތުރުން "ގިލްމޯ ގާލްސް" އަކީ ފާހަގަކޮށްލެވޭ ސިލްސިލާ ތަކެވެ.