21 Oct 2018, 09:45
އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުމަށް ވަނުމަށް ސުޕްރީމު ކޯޓު ދޮށުގައި ކިޔު ހަދައިފި އެވެ.
މި މައްސަލަ މިއަދު މެންދުރު އެކެއް ޖަހާއިރަށް ތާވަލުކޮށްފައިވާ އިރު، ޝަރީއަތުގެ މަޖިލީހަށް ވަންނަން ބޭނުންވާ މީހުންގެ ނަންނޯޓު ކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 10:30 އިން 12:00 އަށެެވެ.
މި މައްސަލައިގެ ތިން އަޑުއެހުމެއް މީގެ ކުރިން ބާއްވާފައިވާ އިރު އެ ތިން އަޑުއެހުމަށް ވަނުމަށް ވެސް ގިނަ ބަޔަކު ވަނީ ސުޕްރީމު ކޯޓު ކައިރީ ކިޔު ހަދައިފަ އެވެ.
މި މައްސަލައިގެ ޝަރީއަތަށް ވައްދަމުން ދަނީ 30 މީހުންނެވެ.
އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމުކޯޓަށް ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ފަރާތްޕުޅުންނެވެ.
އެ މައްސަލާގައި ބުނެފައި ވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށާއި އިންތިޚާބު ބާތިލް ކޮށްދިނުމަށެވެ.