ވަން ޕްލަސްގެ އާ ފޯނު، ވަން ޕްލަސް6ޓީ ރިލީޒް ކުރަން އޮތް ދުވަސް އަވަސްކޮށްފިއެވެ.

މީގެ ކުރިން މި ފޯނު ރިލީޒް ކުރަން ނިންމާފައި އޮތް ތާރީޚަކީ މިމަހުގެ 30 އެވެ. އެކަމަކު މި ދުވަހަކީ އެޕަލްގެ އިވެންޓެއްވެސް ތާވަލުކޮށްފައިވާ ދުވަހަކަށް ވާތީ ވަން ޕްލަސް އިން ވަނީ އެމީހުންގެ އިވެންޓު އެއް ދުވަސް ކުރިއަށް ޖައްސާލައިފައެވެ.

ވަން ޕްލަސްގެ އިވެންޓަށް 1000އަށް ވުރެ ގިނަ މީހުން ދާނެ ކަމަށް ބެލެވޭއިރު އެ އިވެންޓަށް ދިއުމަށް ޓިކެޓު ނަގާފައިވާ މީހުންގެ ޓިކެޓު ބަދަލުކުރުމުގައި ދަތިތައް އުޅޭނަމަ ޓިކެޓު ހަރަދު ދޭން ވެސް ވަން ޕްލަސް އިން ވަނީ ނިންމައިފައެވެ.

ވަން ޕްލަސް އިން މިހާރު ދަނީ އިވެންޓަށް ގެނައި ބަދަލު އިވެންޓުގައި ބައިވެރިވާން ކޮންފަމޭޝަން ދީފައިވާ މީހުންނަށް އަންގަމުންނެވެ.

ވަންޕްލަސް 6ޓީ އެންމެ ހާއްސަވާނެ ކަމަކީ އޭގެ ފިންގާ ޕްރިންޓް ސްކޭނަރު ސްކްރީން ތެރޭގައި ހިމަނާފައިވުމެވެ. މީގެ އިތުރުން މި ފޯނަކީ ހެޑްފޯނަށް ޙާއްސަ ޖެކެއް ނުހިމަނާ ވަން ޕްލަސް އިން ނެރޭ ފުރަތަމަ ފޯނެވެ.