20 Oct 2018, 11:21
ސޯސަން މަގު، އެމްޑީޕީ އޮފީސް ސަރަހައްދުގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ދެ މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފި އެވެ.
ރޭ އިރުއޮއްސި 6:30 އެހާކަންހާއިރު އެ އެކްސިޑެންޓްގައި ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި އިތުރު މީހެއްގައި ޖެހިގެންނެވެ. އަދި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
އެ ހާދިސާގައި ދެ މީހެއްގެ ބޯ ފަޅި ހޭނެތިގެން ވަނީ އޭޑީކޭއަށް ގެންގޮސްފަ އެވެ.
އޭޑީކޭ ހޮސްޕޮޓަލްގެ މެނޭޖިން ޑިރެކްޑަރު އަހްމަދު އައްފާލު ވިދާޅުވީ، ރޭގެ އެކްސިޑެންޓްގައި އަނިޔާވެގެން ގެނައި ދެ މީހުނަށް ވެސް ސީރިއަށް ހާނިއްކައެއް ލިބިފައި ނުވާ ކަމަށާއި ފަރުވާ ދިނުމަށް ފަހު ދެ މީހުން ވެސް ރޭ ޑިސްޗާޖް ކޮށްފައިވާ ކަމަށެވެ.