މުހިންމު އެލާޓުތައް ފޯރުކޮށްދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާއްސަ ވައިބާ ޕަބްލިކް ޗެޓެއް އުފައްދައިފި އެވެ.

މެޓް އޮފީހުން ބުނީ އެ ޕަބްލިކް ޗެޓު އުފެއްދުމުގެ ބޭނުމަކީ މުހިންމު އެލާޓުތައް ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް އެއްފަހަރާ ފޯރުކޮށްދިނުން ކަމަށެވެ.

މެޓް އިން ބުނީ މޫސުމާއި، ބިންހެލުންތަކާއި ސުނާމީ ތަކާ ގުޅޭ އެލޭޓުތައް އެ ގްރޫޕު މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ.

މެޓް އޮފީހުގެ ޕަބްލިކް ޗެޓަށް ވަނުމަށް ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފަ އެވެ.

މެޓް އޮފީހުން މިހާތަނަށް ރައްޔިތުންނަށް އެލާޓުތައް ފޮނުވާފައި ވަނީ އެ އިދާރާގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓުތައް މެދުވެރިކޮށެވެ.