19 Oct 2018, 10:23
ކުޅަދާނަ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އެކްތާ ކަޕޫރު ބަޖާލީންގެ ކުރިޔަށް އޮތް ފިލްމަކީވެސް އަންހެނުންގެ ވާހަކަތައް ކިޔަދޭނެ ފިލްމެއް ކަމަށް މީޑިއާ ރިޕޯޓްްތައް ބުނެފިއެވެ.
އަންހެނުންނަށް ހާއްސަ ކޮށްގެން ގެނެސްދޭން ނިންމާފައިވާ އެ ފިލްމުގެ ނަމަކީ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ"އެވެ.
މީގެ ކުރިންވެސް އެކްތާ ވަނީ އަންހެނުންގެ ވާހަކަތައް ކިޔައިދޭ ވަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ. އެއީ "ލިޕްސްޓިކް އަންޑަަ މައި ބުރުގާ" އާއި "ވީރޭ ޑި ވެޑިން" ފަދަ ފިލްމުތަކެވެ.
ފިލްމުގެ މަސައްކަތް ފެށި ނަމަވެސް މާ ބޮޑު ތަފްސީލެއް ފިލްމާ ބެހޭގޮތުން ހާމަކޮޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމުގެ ޕޯސްޓަރެއް މިހާރު ވަނީ އާންމުކޮށްފައެވެ.
އަލަންކްރިތާ ޝްރިވާސްތާވް "ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" ފިލްމުގެ ލީޑު ރޯލުން ފެންނާނީ ބޫމީ ޕެޑްނޭކަރްއާއި ކޮންކޮނާ ސެން ޝަރްމާއެވެ.
އެ ފިލްމު ސްކްރީނަށް އަންނާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.